ރާއްޖޭގައި ތެލުގެ އަގަށް ބަދަލު އައި ނަމަވެސް އަހަރެމެން ދަތުރުކޮށްދޭ އަގު ބޮޑެއް ނުކުރަމު: ނަލަ ޓެކްސީ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ޓެކްސީ ދަތުރުތަކުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ނަލަ ޓެކްސީ ސެންޓަރުން ބުނެފިއެވެ. ނަލަ ޓެކްސީ ސެންޓަރުން ނެރުނު ނޫސްބަޔާނ...

19 Mar 2026 | 19:42
N/A

N/A

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ޓެކްސީ ދަތުރުތަކުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ނަލަ ޓެކްސީ ސެންޓަރުން ބުނެފިއެވެ.

ނަލަ ޓެކްސީ ސެންޓަރުން ނެރުނު ނޫސްބަޔާނެއްގައި މިހެން ބުނެފައި ވަނީ، ތެލުގެ އަގު އުފުލުމާ ގުޅިގެން ޓެކްސީތަކުން ބޮޑު އަގު ނަގަމުންދާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައާއި މީސްމީޑިއާގައި ޕޯސްޓްތައް ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެ ސެންޓަރުން ބުނީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ނަލަ ޓެކްސީގެ ދަތުރުތަކުގެ އަގަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި މަގުމަތިން ޓެކްސީ ނެގުމުގެ ބަދަލުގައި، އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ ސެންޓަރަށް ގުޅައިގެން ދަތުރުކުރުމަށް ނަލަ ޓެކްސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް