N/A
މި މަހުގެ ކުރީކޮޅު ރޭގަނޑެއްގައި ވެލާނާ
އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތުގައި ސްރީ
ލަންކާއަށް ނިސްބަތްވާ ދެމީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވާ ދެމީހުންނަކީ އުމުރުން 46
އަހަރުގެ ޕްރިޔަންތަ ސިލްވަ ދެވަނިއްތިގެ އާއި އުމުރުން 43 އަހަރުގެ ތިލަކް ސޮމަޗަންޑްރަ
މައްޑެތަލަށެ ކަންނަމަލަގެ އެވެ.
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ދަންވަރުގެ
ވަގުތެއްގައި އެއާޕޯޓުގެ ޓެކްސީ ކިއު ވޭގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ
ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.
އެ ވީޑިއޯ އާއި ގުޅިގެން އޭރު ފުލުހުން ބުނެފައިވަނީ
އެ މާރާމާރީ ހިންގި މީހުންނަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށެވެ.
ނަމަވެސް ފަހުން މިވަނީ އެ ދެމީހުން
ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށް ދެމީހުންގެ ބަންދުގެ މުއްދަތަކަށްވެސް 15 ދުވަހުގެ
މުއްދަތެއް ކޯޓުން ދީފައިވާއިރު އެ ދެމީހުންގެ ބަންދު އަމުރަށް ބަލައިލާއިރު އެ
ދެމީހުންގެ ވަކީލުންވެސް ބުނެފައިވަނީ އެ ދެ މީހުންނަކީވެސް ޒިންމާދާރު
ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށާއި މާރާމާރީ ހިންގީ ކުށެއް ކުރުމުގެ ނިޔަތެއް
އޮވެގެން ނޫން ކަމަށެވެ. އަދި ތުހުމަތު ކުރެވޭ ކުށަކީ ކުޑަ ކުށެއް ކަމުގައިވެސް ވަކީލު
ފާހަގަކޮށްފައިވާކަމަށް ބަންދު އަމުރުން އެނގެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް