ސޫރިޔާގެ ކުރިމަތިލުންތަކުގެ ތެރެއިން އަނެއްކާވެސް އައިއެސް ވުޖޫދުވެދާނެކަމުގެ ބިރު

ސޫރިޔާގެ ސަރުކާރާއި ސޫރިޔާގެ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އާއި ދެމެދު މިހާރު ހިނގަމުން އަންނަ ކުރިމަތިލުމުގެ ތެރެއިން އަނެއްކާވެސް ފުޅާ ދާއިރާއެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަލުން ...

20 Jan 2026 | 01:22
އެސްޑީއެފްގެ ހަނގުރާމަވެރީންތަކެއް - އޭޕީ ފޮޓޯ

އެސްޑީއެފްގެ ހަނގުރާމަވެރީންތަކެއް - އޭޕީ ފޮޓޯ

ސޫރިޔާގެ ސަރުކާރާއި ސޫރިޔާގެ ސީރިއަން ޑިމޮކްރެޓިކް

ފޯސަސް (އެސްޑީއެފް) އާއި ދެމެދު މިހާރު ހިނގަމުން އަންނަ ކުރިމަތިލުމުގެ ތެރެއިން

އަނެއްކާވެސް ފުޅާ ދާއިރާއެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަލުން

ވުޖޫދުވެދާނެކަމުގެ ބިރު ހީވެއްޖެއެވެ.

ޖަނަވަރީ 13ގައި ފެށުނު ވަރުގަދަ

ކުރިމަތިލުންތަކަށްފަހު އެސްޑީއެފް އާއި ސަރުކާރުން އެއްބަސްވުމަކަށް ދިޔަނަމަވެސް

އެސްޑީއެފުން ގަސްތުގައި ބައެއް ޖަލުތަކުން އައިއެސްގެ މެންބަރުން ދޫކޮށްލާކަމުގެ

ތުހުމަތު ވަނީ ކޮށްފައެވެ.

2014 ވަނަ އަހަރުގައި އިސްލާމީ ޚިލާފަތެއް އިޢުލާނުކުރި

އައިއެސް ބަލިކޮށް ތުރުކީއާއި ސޫރިޔާގެ ޖަލުތަކުގައި އައިއެސްގެ އެތައް ބަޔަކު ގައިދުކުރެވުނެވެ.

ސޫރިޔާ ފަޅީގެ އެ ޖަލުތަކުގެ ތެރެއިން ގިނަ ޖަލުތަކެއް ކޮންޓްރޯލު ކުރަމުންދިޔައީ

އެސްޑީއެފްއިންނެވެ. ސޫރިޔާ ސަރުކާރުން ތުހުމަތުކުރާގޮތުގައި އެސްޑީއެފްއިން އައިއެސްގެ

ބައެއް މެންބަރުން އެފަދަ ގޮތަކަށް ދޫކުރަން ފެށީ ސިޔާސީ ގޮތުން ބަދަލު ހިފުމުގެ

ގޮތުންނެވެ.

ސޫރިޔާ މަސްރަޙުގެ ތާޒާ އަދާހަމަތަކަށް އަދި

ފަސްފަހަތަށް ކުރުކޮށް ބަލައިލާއިރު 2024ގެ ފަހުކޮޅުގައި ސޫރިޔާގެ ކުރީގެ ރައީސް

ބައްސާރުލް އަސަދުގެ ބާރު ކަނޑުވާލައި ވެރިކަމަށް އަހްމަދު އަލް-ޝަރާ ހަމަޖެހިގެން

ދިޔަ ނަމަވެސް ކުރުދީންގެ ތެރެއިން އެމެރިކާގެ ތާޢީދާއެކު އުފެދިފައި އޮތް އެސްޑީއެފުން

ދިޔައީ ސޫރިޔާގެ އިރު ދެކުނުގެ ބޮޑު ބައެއް ކޮންޓްރޯލު ކުރަމުންނެވެ. ދާޚިލީ ހަނގުރާމައިގެ

ތެރެއަށް ވަންނާކަށް އެސްޑީއެފުން ބޭނުމެއް ނުވިއެވެ.

ނަމަވެސް އެސްޑީއެފުން ކޮންޓްރޯލުކުރާ ރައްޤާ އާއި

ދެއިރް އެޒް-ޒޯސްގެ ސަރަހައްދުތަކަކީ ތެލުގެ ގޮތުން މުއްސަނދި ސަރަހައްދުތަކެކެވެ.

ޖަނަވަރީ 13ގައި ސޫރިޔާގެ ސަރުކާރުން އެސްޑީއެފް އާއި ދެކޮޅަށް ކުއްލި ވަރުގަދަ

ހަމަލަތަކެއް ދޭން ފެށީ ސޫރިޔާގެ ފުލް ކޮންޓްރޯލު ހޯދުމުގެ ބޭނުމުގައި ކަމަށް

ބުނެވިދާނެއެވެ. ފުލް ސްކޭލް ހަމަލަތަކަށްފަހު ބޮޑު ކޮންޓްރޯލެއް ސަރުކާރަށް ލިބި

މިހާރު ވަނީ ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފައެވެ. ނަމަވެސް އެއްބަސްވުން

ދެމި އޮތުމާއިމެދު އަދި ވަނީ ސުވާލުތަކެއް އުފެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް