N/A
ކަނޑުމަތިން ހާލުގައި ޖެހުނު ދޯންޏަކަށް ދިވެހި
ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިކަން ހާމަކޮށް ފުލުހުން މިރޭ ބުނެފައިވާގޮތުގައި ފުވައްމުލައް
ސިޓީ އިން މަސްބާނަން ނިކުމެ އުޅުނު "ސަވާރީ" ނަމަކަށް ކިޔާ ދޯނީގެ އިންޖީނު
ހުއްޓި އޮޔާދާކަމުގެ މައުލޫމާތު ލިބުނީ މިއަދު އަސުރު ފަހުގެ ވަގުތެއްގައެވެ.
"މައުލޫމާތު ފުވައްމުލައްސިޓީ ޕޮލިހަށް ލިބުމާއެކު
ފުލުހުން އެސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ޕޮލިސް
ލޯންޗުގައި ފުވައްމުލަކަށް ވަނީ ގެންގޮސްފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އޭގެތެރޭގައި ހަތް އަންހެނަކާއި
ކުޑަކުއްޖަކު ހިމެނެއެވެ. އަދި އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު ސަވާރީ ދޯނި މިހާރު
ފުވައްމުލަކަށް ގެންގޮސްފައިވާކަމަށާއި ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު
ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް