ކަނޑުމަތީން މަރުވެފައި އޮއްވާ ފެނުނީ ބާޖަކުން ވެއްޓުނު ޗައިނާ ރައްޔިތެއް

ގުޅީފަޅު ކައިރި ކަނޑުމަތީން މަރުވެފައި އޮއްވާ ފެނުނު މީހާގެ ވަނަވަރު ދިވެހި ފުލުހުން ހާމަކޮށްފިއެވެ. އިއްޔެ މެންދުރެއްހާއިރު ފެނުނު އެ ހަށިގަނޑާއި ބެހޭގޮތުން މިއަދު މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހ...

19 Dec 2025 | 09:28
މާލެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ކުޑަ ބާޖެއް - ފައިލް ފޮޓޯ: ދުވަސް

މާލެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ކުޑަ ބާޖެއް - ފައިލް ފޮޓޯ: ދުވަސް

ގުޅީފަޅު ކައިރި ކަނޑުމަތީން މަރުވެފައި އޮއްވާ ފެނުނު

މީހާގެ ވަނަވަރު ދިވެހި ފުލުހުން ހާމަކޮށްފިއެވެ.

އިއްޔެ މެންދުރެއްހާއިރު ފެނުނު އެ ހަށިގަނޑާއި

ބެހޭގޮތުން މިއަދު މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މަރުވެފައި

އޮއްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއްކަމަށްވާ އުމުރުން 38 އަހަރުގެ ޗެންގް ޖިއާ

ކަމަށެވެ.

"މިމީހާ ކަނޑަށް ވެއްޓިފައިވަނީ އިއްޔެ 12:48 އެހާކަންހާއިރު

ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވޭ،

އަދި މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތްކޮށްފައިވޭ،

އަދި އެވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެސަރަހައްދުން

ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާރޑަށް

އެކަމުގެ މައުލޫމާތު ދީފައިވާކަން ވަނީ އެނގިފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިއަދު އިތުރަށް ބުނެފައިވަނީ ކޯސްޓްގާރޑުން

މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ މެންދުރު

01:30 ހާއިރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް