ކާގޯ ޝިޕްމަންޓެއްގައި ފޮރުވައިގެން ރާއްޖެ ގެނައި 15،000 އަށް ވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ ގެނައި ކާގޯ ޝިޕްމަންޓެއްގައި ފޮރުވާފައި ހުރި 15،601 ވޭޕް ކާޓްރިޖް ކަސްޓަމްސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނީ، ޤާނޫނާ ޚިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން އިއްޔެ މާ...

19 Jun 2026 | 14:40
އަތުލައިގަތް ތަކެތި - ފޮޓޯ: ކަސްޓަމްސް

އަތުލައިގަތް ތަކެތި - ފޮޓޯ: ކަސްޓަމްސް

ކަނޑުމަގުން ރާއްޖެ ގެނައި ކާގޯ ޝިޕްމަންޓެއްގައި ފޮރުވާފައި ހުރި 15،601 ވޭޕް ކާޓްރިޖް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، ޤާނޫނާ ޚިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގައި، "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކުރި ކަމަށެވެ. އެ ޝިޕްމަންޓުގެ ތެރެއިން ގިނަ ޢަދަދެއްގެ ވޭޕް ކާޓްރިޖް ފޮރުވާފައި ހުއްޓައި ފެނި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމި 15 ނޮވެމްބަރު 2024 ގެ ފަހުން، ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި އެންމެ ބޮޑު ވޭޕް ޝިޕްމަންޓެވެ.

ކަސްޓަމްސް އިން ބުނީ ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި ޖުމްލަ 22،309 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށެވެ. މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް