ކުރީ ދެ މަހެކޭ އެއްގޮތަށް މި މަހުވެސް ތެލުގެ އައު ޝިޕްމަންޓެއް އަންނާނެ: ސަރުކާރު

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނޭދެވޭ އަސަރުތައް ކުރަމުންދިޔަ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލުގެ ސަޕްލައި މެދުނުކެނޑި ލިބޭނެ ކަމުގެ ޔަޤީންކަން ފިނޭންސް ވުޒާރާއ...

19 Apr 2026 | 15:21
މާލީ ވަޒީރު ޒަމީރު މިއަދުގެ ޕްރެސް ކޮންފަރެންސްގައި -

މާލީ ވަޒީރު ޒަމީރު މިއަދުގެ ޕްރެސް ކޮންފަރެންސްގައި -

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނޭދެވޭ އަސަރުތައް ކުރަމުންދިޔަ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލުގެ ސަޕްލައި މެދުނުކެނޑި ލިބޭނެ ކަމުގެ ޔަޤީންކަން ފިނޭންސް ވުޒާރާއިން އަރުވައިފިއެވެ.

މެދުއިރުމަތީގެ މަސްރަޙާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ފެބްރުއަރީ އާއި މާރިޗު މަހެކޭ އެއްގޮތަށް އެޕްރީލް މަހުގައި ވެސް ތެލުގެ އައު ޝިޕްމަންޓުތައް ރާއްޖެ އަންނަމުންދާ ކަމަށެވެ. އެގޮތުން މި މަހުގެ 18 އަދި 24 ގައި ތެޔޮ ހިފައިގެން އުޅަނދުފަހަރު ރާއްޖެ އައިސްފައިވާއިރު، މި މަހުގެ 28 ވަނަ ދުވަހު އިތުރު ބޯޓެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

އެ ވުޒާރާއިން ހުށަހެޅި މަޢުލޫމާތުތަކަށް ބަލާއިރު، މި މަހުގެ 16 ވަނަ ދުވަހު ޖެޓް ފިއުލް ލިޓަރެއްގެ އަގު 1.99 ޑޮލަރުން 1.90 ޑޮލަރަށް ވަނީ ދަށްވެފައެވެ. ނަމަވެސް ސާފުކޮށްފައިވާ ތެލުގެ އަގުތައް އަދިވެސް ހުރީ ހަމަނުޖެހުންތަކުގެ ކުރިން ހުރި މިންވަރަށް ވުރެ މަތީގައެވެ. މީގެ އިތުރުން މުދާ އުފުލުމުގެ ޚަރަދާއި ސަޕްލަޔަރުން ނަގާ ޕްރީމިއަމް އަދި އިންޝުއަރެންސް ފަދަ ޚަރަދުތައް ވެސް ވަނީ ބޮޑުވެފައެވެ.

ޖެޓް ފިއުލްގެ އަގު ދަށްވުމާ ގުޅިގެން ދަތުރުފަތުރުގެ ޚަރަދު ކުޑަވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް ބާރަކަށް ވާނެ ކަމަށް އެ ވުޒާރާއިން ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް