ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގި މީހަކަށް 16 އަހަރުގެ ޖަލު ހުކުމެއް

11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 16 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލ...

19 Apr 2026 | 07:54
N/A

N/A

11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 16 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ މ. މުނިޔާގެ / މާލެ، މުޙައްމަދު އަނިލް (47އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު (12/2009) ގެ ދަށުންނެވެ.

ފުލުހުން ތަޙުޤީޤުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މި މައްސަލައިގައި މި މަހުގެ 15 ވަނަ ދުވަހު ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން، ބަންދުގައި ހޭދަކުރި ހަތަރު މަހާއި 19 ދުވަސް ހުކުމުން އުނިކޮށް، އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 15 އަހަރާއި ހަތް މަހާއި 11 ދުވަހުގެ ޖަލު އަދަބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް