N/A
މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ފަސް ވަނަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން އޭޕްރީލް 16 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު (47އ) އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މާރިޗު 16 ވަނަ ދުވަހުއެވެ. ވަގަށް ނެގި ހަތަރު މިލިއަން ރުފިޔާގެ ތެރެއިން ހޯދިފައިވަނީ 50،000 ރުފިޔާއެވެ. މި މައްސަލައިގައި ޖުމުލަ ފަސް މީހަކަށް ތުހުމަތުކުރެވޭ އިރު، ކުރިން ހައްޔަރުކުރި ހަތަރު މީހުން ވެސް މިވަގުތު ތިބީ ބަންދުގައެވެ.
ތަޙުޤީޤުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް