ރޭގެ މުޒާހަރާގައި ފުލުހަކަށް އަނިޔާވި

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި ފުލުހަކަށް އަނިޔާވެ، ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.ފުލުހުން ދުވަހަށް ހި...

19 Apr 2026 | 05:56
N/A

N/A

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި ފުލުހަކަށް އަނިޔާވެ، ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ދުވަހަށް ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި އެއްވުމުގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި ހިންގި ހަމަނުޖެހުމުގައި ފުލުސް އޮފިސަރަށް އަނިޔާވީއެވެ. އެ އޮފިސަރަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ދެ މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން 49 އަހަރުގެ މީހާ ދޫކޮށްލައިފައިވާއިރު، 30 އަހަރުގެ މީހާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ ގުޅިގެން އެމްޑީޕީން ސަރުކާރަށް ހުށަހެޅި 12 ޑިމާންޑަށް އިޖާބަ ނުދޭތީ އެ ޕާޓީން އަންނަނީ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް