ރޭގެ މުޒާހަރާއިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން ވާނުވާ ދޫކޮށްލައިފި

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި...

19 Apr 2026 | 05:18
މައިމޫން އާއި ވާނުވާ -

މައިމޫން އާއި ވާނުވާ -

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ދުވަހަށް ބުނީ ހައްޔަރުކުރި އުމުރުން 30 އަހަރާއި 49 އަހަރުގެ ދެ ފިރިހެނުންގެތެރެއިން ދޫކޮށްލައިފައިވަނީ 49 އަހަރުގެ މީހާ ކަމަށެވެ. ދުވަހަށް އެނގިފައިވާ ގޮތުގައި ދޫކޮށްލައިފައިވަނީ އެމްޑީޕީ ނައިފަރު ދާއިރާގެ ރައީސް ޢަބްދުﷲ ރަޝީދު ޙަސަން(ވާނުވާ)އެވެ. ތިރީސް އަހަރުގެ މީހާ — ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަޙްމަދު މައިމޫން މުޙައްމަދު — އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ހައްޔަރުކުރުމުގެ ތެރޭގައި ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބި، އައިޖީއެމްއެޗުގައި ފަރުވާ ދީފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

ޗާންދަނީ މަގުގައި ހުންނަ ދަނޑިކޮށީ ހަރުގެ ކުރިމަތިން ފެށި ރޭގެ މުޒާހަރާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ މެންބަރުން ވެސް ބައިވެރިވިއެވެ. ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ ގުޅިގެން އެމްޑީޕީން ސަރުކާރަށް ހުށަހެޅި 12 ޑިމާންޑަށް ސަރުކާރުން މިހާތަނަށް އިޖާބަ ދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް