ކަރަށް ހަމަލާދީ މީހަކު ޒަހަމުކޮށްލި މައްސަލައިގައި އަންތަރު މުއްލާ ހައްޔަރު

މާލޭގައި ތޫނު އެއްޗަކުން ބިދޭސީ އެއްގެ ކަރަށް ހަމަލާދީ ޒަހަމުކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.ކޯޓު އަމުރެއްގެ ދަށުން އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް...

18 Apr 2026 | 19:15
އަންތަރު މުއްލާ -

އަންތަރު މުއްލާ -

މާލޭގައި ތޫނު އެއްޗަކުން ބިދޭސީ އެއްގެ ކަރަށް ހަމަލާދީ ޒަހަމުކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކޯޓު އަމުރެއްގެ ދަށުން އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ އަންތަރު މުއްލާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގާފައިވަނީ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މާލެ ކަރަންކާ މަގުގައެވެ. އެ ހަމަލާގައި ބަންގްލަދޭޝްއަށް ނިސްބަތްވާ 38 އަހަރުގެ ފިރިހެނެއްގެ ކަރަށް ބޮޑެތި ޒަހަމުތަކެއް ލިބި، އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް