ފިޠުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ ބަހައި ނިންމާލައިފި - މިއީ ރެކޯޑު އަދަދެއް

މޯލްޑިވްސް ޒަކާތު ހައުސްއިން 1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ބޮލަކަށް 6,000 ރުފިޔާގެ މަގުން ބަހައި ނިންމައިފިއެވެ. މިއީ ...

19 Mar 2026 | 09:08
N/A

N/A

މޯލްޑިވްސް ޒަކާތު ހައުސްއިން 1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ބޮލަކަށް 6,000 ރުފިޔާގެ މަގުން ބަހައި ނިންމައިފިއެވެ.

މިއީ ރާއްޖޭގައި ހަމަހަމަކޮށް ފިޠުރު ޒަކާތް ބެހުމުގައި ބޮލަކަށް އެންމެ ގިނަ އަދަދެއް ޖެހުނު ފަހަރު ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި ޒަކާތް ޙައްޤުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަޤީރު ޔަތީމު ކުދިން ވެސް ހިމެނެއެވެ.

މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ ވެސް ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބުނު އަހަރު ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. އެ ފައިސާގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައެޅީ 13،896،000 ރުފިޔާއެވެ.

މި އަހަރު ފިޠުރު ޒަކާތް ބަލައިގަނެފައި ވަނީ ހަތް އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށެވެ. އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ރަށްރަށުގެ ކައުންސިލުތައް މެދުވެރިކޮށް ނަގުދު ފައިސާއިން ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސި އިރު، މާލެ ސަރަޙައްދުގައި އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާއާއި ކޭޝް ކާޑުން ވެސް ޒަކާތް ބަލައިގެންފައިވެއެވެ. މީގެ އިތުރުން ގޮވާމުން ވެސް ޒަކާތް ބަލައިގެންފައިވެއެވެ.

ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންނަށް ހަމަހަމަކަމާ އެކު ފައިސާ ބެހުމަށް މަގުފަހިވެގެންދިޔަ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް