N/A
ހއ. ދިއްދޫ މަގުމަތީގައި މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތުކުރެވޭ ތިން ބިދޭސީއެއް ބަނގުރާ ބޭނުންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ މީހެއް ކަމުގައިވާ އުމުރުން 25 އަހަރުގެ ކަޓަވަލް ސަހިލް އާއި 24 އަހަރުގެ ޓަމަންގް ރަޓަން އަދި ނޭޕާލްގެ 21 އަހަރުގެ ތަޕާ ކެޝަބް ކަމަށް ފުލުހުން ބުނެއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ދިއްދޫ މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރުމުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިއެއް ފެނިގެން ކަމަށް ފުލުހުން ބުނެއެވެ.
މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތިން މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް