މިރޭގެ އަލިފާނުގެ ހާދިސާ: ހަތަރު ގެއަކުން 32 މީހަކު އިވެކުއޭޝަން ސެންޓަރަށް

މާލެ، މާފަންނު ފުލޫނިޔާމަގުގައި ހުންނަ ކެމިކަލް ގުދަނެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ސަރަހައްދުގެ ހަތަރު ގެއަކުން 32 މީހުން ވަގުތީ ގޮތުން އިވެކިއުއޭޓްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ...

18 Mar 2026 | 21:22
މިރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަނީ - ދުވަސް ފޮޓޯ: އަޒްމީ އަލީ

މިރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަނީ - ދުވަސް ފޮޓޯ: އަޒްމީ އަލީ

މާލެ، މާފަންނު ފުލޫނިޔާމަގުގައި ހުންނަ ކެމިކަލް ގުދަނެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ސަރަހައްދުގެ ހަތަރު ގެއަކުން 32 މީހުން ވަގުތީ ގޮތުން އިވެކިއުއޭޓްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 9:45 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަލިފާން ރޯވެފައިވަނީ މ. ޠައިބާ މިސްކިތް ކައިރީގައި ހުރި ޕްރައިމް ގުދަނުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ފަޔާ އެންޑް ރެސްކިއު ސާވިސަސް އާއި ފުލުހުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށައިފައެވެ.

އެންޑީއެމްއޭ އިން ބުނީ އިވެކިއުއޭޓް ކުރި 32 މީހުން ވަގުތީ ގޮތުން ބައިތިއްބާފައިވަނީ ސޯޝަލް ސެންޓަރުގައި ގާއިމުކޮށްފައިވާ އިވެކިއުއޭޝަން ސެންޓަރެއްގައި ކަމަށެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުމާ އެކު އެ ސެންޓަރު މިހާރު ވަނީ ބަންދުކޮށްފައެވެ. އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން އެންޑީއެމްއޭގެ ހޮޓްލައިން 115 އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް