N/A
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް
އަހްމަދާއި ދެކޮޅަށް މަރިޔަމް ޝިއުނާ މައްސަލަތަކެއް ހުށަހަޅައިފިއެވެ.
ޝިއުނާ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި
ބުނެފައިވަނީ ކުރީގެ ނައިބުރައީސް ކަން ކޮށް ވެރިކަމާހެދި ފެންބޮވައިގެން ހުއްޓާ
ވެރިކަން ނުލިބުމުން އެކަމުގެ ރުޅީގައި ސޯޝަލް މީޑިއާގައި ސިޔާސީ ބޭނުމަށް ޝިއުނާއަށް
ފުރައްސާރަކޮށް ހިޖާބު ނުވާއިރުގެ ފޮޓޯތައް އާންމުކޮށް ހަދަމުންދާ މައްސަލައިގާ
ޖަމީލުއާއި ދެކޮޅަށް ދަޢުވާކުރުމަށް އަދި ޙައްޤު ހޯދުމަށް ކަމާއިބެހޭ އިދާރާތަކަށް
ހުށަހަޅާފައިވާކަމަށެވެ.
ޝިއުނާ ދުވަހަށް މަޢުލޫމާތުދެމުން ބުނީ އޭނާ އެ
މައްސަލަތައް ހުށަހެޅީ ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ކަމަށެވެ. އަދި
އަބުރުގެ ދަޢުވާ ކޯޓަށް ވެއްދުމަށް ލީގަލް އެޑްވައިސް ހޯދަމުން އަންނަ
ކަމުގައިވެސް ޝިއުނާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް