ސްރީ ލަންކާ – މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ރައީސް ސުދޭޝް މެންޑިސް -
ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ލަންކާގެ
ރައްޔިތުން އަހަރެއްގެ ތެރޭގައި ރެމިޓެންސްގެ ގޮތުގައި މަދުވެގެން 129 ޑޮލަރު
ގެންދާކަމަށް ސްރީ ލަންކާ – މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ރައީސް ސުދޭޝް
މެންޑިސް ބުނެފިއެވެ.
އޭނާ ބުނެފައިވަނީ ރާއްޖޭގައި 21 ހާހަށްވުރެ ގިނަ
ލަންކާގެ ރައްޔިތުން ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ކަމަށެވެ.
އޭނާ ފާހަގަކޮށްފައިވާގޮތުގައި ރާއްޖޭގެ ކުރިއެރުމާއި
ތަރައްޤީގައި ލަންކާއިން މުހިންމު ރޯލުތަކެއް ވަނީ އަދާކޮށްފައެވެ. ހުޅުލެ
އެއާޕޯޓުގައި ފުރަތަމަ ކޮމާޝަލް ފްލައިތް ޖެއްސުމާއި ރާއްޖެއަށް ފަތުރުވެރިކަން
ތައާރަފް ކުރުމުގައި ސިލޯން ޓުއަރސް ހަރަކާތްތެރިވުމާއި ރާއްޖޭގެ ޤައުމީ ސަލާމުގެ
މިއުޒިކު ލަންކާގެ ޕަންޑިތު ޑަބްލިއު ޑީ އަމަރަދޭވާ ތައްޔާރުކުރުމާއި ރާއްޖޭގެ
ބައެއް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގައި ލަންކާއިން އެހީތެރިކަން ފޯރުކޮށްދިނުން
ފާހަގަކޮށްފައިވެއެވެ.
ހަމަ އެހެންމެ މި ފަހުން ލަންކާއަށް ދިމާވި ކާރިސީ
ހާލަތުގައި ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދިންކަންވެސް އޭނާ ފާހަގަކޮށްފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މިއީ ރާއްޖެ-ލަންކާ
ގުޅުން ހުރިހާ ގޮތަކުންވެސް ރަނގަޅުކުރަންވީ ވަގުތު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް