މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިއްޖެ

މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. މިކަން ހާމަކޮށް ދެންމެ ފުލުހުން ބުނެފައިވަނީ ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު 202...

18 Dec 2025 | 10:29
N/A

N/A

މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިފައިވާކަމަށް

ފުލުހުން ބުނެފިއެވެ.

މިކަން ހާމަކޮށް ދެންމެ ފުލުހުން ބުނެފައިވަނީ ގުޅީފަޅު

ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު 2025 ޑިސެންބަރު

18 ވަނަ ދުވަހުގެ 13:21 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

"މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް

ވަނީ ގެންގޮސްފައި. މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް،

މަރުވެފައިވާ އޮއްވާ ފެނިފައިވާ މީހާއަކީ ކާކުކަން މިހާރުވަނީ

ދެނެގަނެވިފައި" ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް އެއީ ކާކުކަން އަދި ފުލުހުން

ހާމަކޮށްފައެއް ނުވެއެވެ. ބުނެފައިވަނީ މިމައްސަލައާ  ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން

ކަމަށާއި އަދި މި މައްސަލައާ ގުޅިގެން މައުލޫމާތު ލިބޭ ވަރަކުން މައުލޫމާތު ހިއްސާކުރަމުން

ގެންދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް