އެމްއެންޑީއެފް އިން ލ. މާމެންދޫ ކަނބަލުންނަށް މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ލ.މާމެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އެ ރަށު ކަނބަލުންނަށް ހާއްސަ "މޫދު ކަސްރަތު" ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމު ކު...

18 Jul 2026 | 09:10
N/A

N/A

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ލ.މާމެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އެ ރަށު ކަނބަލުންނަށް ހާއްސަ "މޫދު ކަސްރަތު" ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމު ކުރިއަށްދާނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ލ.މާމެންދޫގައެވެ. މި ޕްރޮގްރާމުގައި އެ ރަށުގެ 18 ކަނބަލުން ބައިވެރިވެފައިވެއެވެ.

ދުޅަހެޔޮ ސިއްހަތަކާއެކު އެކުވެރިކަމާ ގުޅިގެން މަސައްކަތްކުރާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުމުގެ މަގުސަދުގައި ފެށި މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދެނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.

މި ޕްރޮގްރާމަކީ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށްވާތީ އަންނަ އޮގަސްޓް މަހުގެ ކުރީކޮޅާ ހަމައަށް ލ.މާމެންދޫގައި މި ކަސްރަތު ކުލާސްތައް ކުރިއަށްދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް