N/A
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީ އެއްގެ ކަރަށް ބޮޑެތި ޒަހަމުތަކެއް ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، އެ ހާދިސާ ހިނގާފައިވަނީ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ހަމަލާ އަމާޒުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށް ކަމަށާއި، އެ މީހާ އަށް ހަމަލާދީފައިވަނީ މާލެ ކަރަންކާ މަގުގައި ހުއްޓާ ކަމަށް ފުލުހުން ބުނެއެވެ.
އެ ހަމަލާގައި އެ މީހާގެ ކަރަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވާއިރު، އެ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް