ކެންދޫ ރައީސްގެ ސައިކަލު ފެނުނީ ކަނޑު އަޑިން

ބ. ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހްމާންގެ ސައިކަލު ވަގަށް ނަގައި ކަނޑުފައްތާލައިފައި ވަނިކޮށް ފެނިއްޖެ ކަމަށް އޭދަފުށި ޓައިމްސް އިން ރިޕޯޓުކޮށްފިއެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތު...

18 Apr 2026 | 07:23
ކެންދޫ ކައުންސިލް ރައީސް އިންރާހިމް އަބްދުއްރަހްމާންގެ ސައިކަލު ކަނޑުއަޑީގައި–

ކެންދޫ ކައުންސިލް ރައީސް އިންރާހިމް އަބްދުއްރަހްމާންގެ ސައިކަލު ކަނޑުއަޑީގައި–

ބ. ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހްމާންގެ ސައިކަލު ވަގަށް ނަގައި ކަނޑުފައްތާލައިފައި ވަނިކޮށް ފެނިއްޖެ ކަމަށް އޭދަފުށި ޓައިމްސް އިން ރިޕޯޓުކޮށްފިއެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ސައިކަލު ފެނިފައި ވަނީ ރަށުގެ އުރަފަށުން ބޭރުން ގާތްގަނޑަކަށް 10 މީޓަރު އަޑީގައި އޮއްވައެވެ. ރަށު ތެރެއިން ސައިކަލު ނުފެނުމުން، ރަށުން ބޭރު ބެލީ ކަމަށް އިބްރާހިމް ވިދާޅުވެފައިވެއެވެ. ސްކޫޕީ މަރުކާގެ އެ ސައިކަލު ކަނޑުން ނެގީ ބުރާސްފަތި ދުވަހުއެވެ.

އިބްރާހިމް ވިދާޅުވެފައި ވަނީ މިއީ ސިޔާސީ ބޭނުމެއްގައި ބަޔަކު ކުރި ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. "ސިޔާސީ ކަމެއް މިއީ. މިފަހަރު އިންތިހާބުގައި އަޅުގަނޑު ވެސް ވާދަކުރިން އެމްޑީޕީން. އަޅުގަނޑަކީ އެމްޑީޕީ މީހެއް. އެހެންވެ ނުހޮވުނީމަ އެކަމުގެ ހަސަދައިގައޭ މިކަން ކުރީއޭ އަޅުގަނޑު ބުނާނީ،" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ އިރު، ތުހުމަތުކުރެވޭ މީހުންގެ މައުލޫމާތާއި ނަންތައް ވެސް ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް އޭދަފުށި ޓައިމްސް އިން ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް