N/A
މި އަހަރުގެ ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް ކަނޑައަޅައި ސަރުކާރުން މިރޭ އެކަން އިއުލާނުކޮށްފިއެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ގުޅޭ ގޮތުން ފަލަކީ ކޮމެޓީން ބައްދަލުވެ މިރޭ ވަނީ ހަނދާ ބެހޭ ގަރާރު އިއްވާފައެވެ. އެ ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ރަށަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ.
ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި ރާއްޖެއިން އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިން، މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާއި ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް އެ ގަރާރުގައި ކަނޑައަޅާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް