ފެންނަ ނުފެންނަ ވޯޓަކީ ޗައްކަރެއް ކަމަށް ބުނުމާ މެދު ދިޔާނާގެ ރައްދު

ފެންނަ ނުފެންނަ ވޯޓަކީ ވެރިން ރައްޔިތުން ގާތަށް އައުން މަދުކުރަން ޖަހާ ޗައްކަރެއް ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައަށް ކުރީގެ ބަންޑާރަނާއިބު ދިޔާނާ ސައީދު ރައްދު ދެއްވައިފިއެވެ. ދިޔާނާ އެކްސްގައ...

18 Mar 2026 | 12:01
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު - ފޮޓޯ: ވޮއިސް

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު - ފޮޓޯ: ވޮއިސް

ފެންނަ ނުފެންނަ ވޯޓަކީ ވެރިން ރައްޔިތުން ގާތަށް އައުން މަދުކުރަން ޖަހާ ޗައްކަރެއް ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައަށް ކުރީގެ ބަންޑާރަނާއިބު ދިޔާނާ ސައީދު ރައްދު ދެއްވައިފިއެވެ.

ދިޔާނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ވާހަކަ ގަބޫލުކުރަން ދަތި ކަމަށެވެ. އެގޮތުން، ރައްޔިތުންނާ ގާތުން ޚިދުމަތް ލިބިދިނުން ފަހިކުރުމަށްޓަކައި ރާއްޖޭގެ ހިންގުން ޤާނޫނުއަސާސީ އާއި ޤާނޫނުން ލާމަރުކަޒުކުރެވި، ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތަކުގެ ދައުރު ފުޅާކުރެވި ބާރުތައް ޑިވޯލްވްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވުޒާރާތަކާ ދެމެދު ފާލަން އެޅިފައިވާ ކަމަށާއި ރައްޔިތުންގެ އަޑު ވަގުތުން އިއްވޭނެ އެތައް ވަސީލަތެއް ޤާއިމުކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ މިހާރު ނިޒާމުގައި އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންގެ ބޭނުންތަކަށް އެދެވޭ ގޮތުގައި ވަކާލާތުކޮށްދީ ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ފެންވަރުގެ މަޖިލީހެއް އިންތިޚާބީ ނިޒާމުން ލިބިނުގަނެވި އޮތުން ކަމަށެވެ. އަދި ރެފެރެންޑަމުން މަސައްކަތްކުރަނީ އެ ކަމަށް ހައްލެއް ހޯދުމަށް ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް