ކޭއެފްސީގެ މޭޔަރަށް ފުލުހުންގެ ހިމާޔަތް - ބަޔަކު ތުހުމަތު ކުރީ ހިލޭ އަންހެނަކު ކާރުގައި އިން ކަމަށް - މޭޔަރު ވިދާޅުވީ ކާރުގައި އިނީ އަންހެން ނޫސްވެރިއެއް ކަމަށް

ކުޅުދުއްފުށީ ސިޓީ (ކޭއެފްސީ)ގެ މޭޔަރު މުޙައްމަދު އާތިފް ދިވެހި ފުލުހުންގެ ހިމާޔަތް ހޯއްދަވައިފިއެވެ. މޭޔަރު އެ ހިމާޔަތް ހޯއްދެވީ ރޭގައި ކުޅުދުއްފުށި ސިޓީގައި ހިނގި ހާދިސާއެއްގެ ތެރެއިންނެވެ. އެ ހާދިސާ...

18 Mar 2026 | 06:51
N/A

N/A

ކުޅުދުއްފުށީ ސިޓީ (ކޭއެފްސީ)ގެ މޭޔަރު މުޙައްމަދު އާތިފް

ދިވެހި ފުލުހުންގެ ހިމާޔަތް ހޯއްދަވައިފިއެވެ. މޭޔަރު އެ ހިމާޔަތް ހޯއްދެވީ ރޭގައި

ކުޅުދުއްފުށި ސިޓީގައި ހިނގި ހާދިސާއެއްގެ ތެރެއިންނެވެ.

އެ ހާދިސާގެ ބައެއް ވީޑިއޯ ލައިވް ރެކޯޑިންތައް

ސޯޝަލް މީޑިއާގައި ފެންނަން ހުރި އިރު އެ ވީޑިއޯތަކުން ފުރަތަމަ ފެންނަނީ މޭޔަރުގެ

ކާރުގެ ފަހަތުން ސައިކަލުގައި ވީޑިއޯކުރަމުން ބަޔަކު ދިޔަ މަންޒަރެވެ. ވަކި

ހިސާބަކުން އެހެން ބަޔަކު ސައިކަލުގައި އައިސް ކާރުގެ ވީޑިއޯ ކުރަމުންދިޔަ

ސައިކަލުތަކަށް ހުރަސް އެޅީ ކަމަށް މަންޒަރުތަކުން ދޭހަވެއެވެ. އަދި ފަހުން އައި

މީހުންނާއި ކުރިން ތިބި މީހުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގާ ލޭކޮށާލި މަންޒަރުވެސް

ވީޑިއޯތަކުން ފެނެއެވެ.

އެ ވީޑިއޯތަކުން އިވޭ އަޑުތަކުން ދޭހަވަނީ މޭޔަރު

އާތިފް ކާރުގައި ކުޑަ އަންހެން ކުއްޖަކު ގެންގުޅުނީ ކަމަށެވެ.

ފުލުހުން އައިސް މޭޔަރުގެ ކާރު ސިޓީ ކައުންސިލަށް

އެސްކޯޓް ކޮށްދިން މަންޒަރާއި ފުރަތަމަ އެއްވި މީހުން ދުރުކުރި މަންޒަރުވެސް އެ

ވީޑިއޯތަކުން ފެނެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ރޭގެ މެންދަމު

ވަގުތެއްގައި ބުނެފައިވަނީ ހާދިސާއެއް ހިނގައިގެން އުޅޭތީ މޭޔަރަށް ހިމާޔަތްދިނުމުގެ

ގޮތުން، މޭޔަރު ފުލުހުންގެ ހިމާޔަތަށް ގެންދިޔަ ކަމަށާއި ޕޮލިސް ސްޓޭޝަނަށް

ގެންދިޔަ ކަމަށެވެ.

"މަޢުލޫމާތު ޔަޤީންކުރެވޭ މިންވަރުން ޕޮލިސް

މީޑިއާއިން މަޢުލޫމާތު ހިއްސާކުރަމުން ގެންދާނެ" ފުލުހުން ރޭގެ ދަންވަރު ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ދުވަހަށް މަޢުލޫމާތުދެއްވަމުން

މޭޔަރު އާތިފް މިއަދު ވިދާޅުވީ ކާރުގައި އިނީ އުމުރުން 21 އަހަރުގެ އަންހެން ނޫސްވެރިއެއް

ކަމަށާއި ކުރިއަށްދިޔައީ ބައްދަލުވުމެއް ކަމަށެވެ.

"ރައްޓެއްސަކާ މީޓްކުރަނިކޮށް ޕީއެންސީ ގްރޫޕް

އައިސް ކާރު ހުއްޓުވީ، އެތާނގައި ތިބީ ސިޔާސީ މަގާމުތަކުގައި ތިބި

ފަރާތްތައް" މޭޔަރު ވިދާޅުވިއެވެ.

ކަން އެމަގުން ހިނގުމުން ފުލުހުންގެ އެހީތެރިކަން ހޯދަން

ޖެހުނުކަން މޭޔަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް