"ރަހަފަތް"ގެ ނަމުގައި 55 އަހަރުން މަތީގެ ބޭފުޅުންނަށް ކާބޯތަކެތީގެ މައުރަޒެއް

"ރަހަފަތް"ގެ ނަމުގައި 55 އަހަރުން މަތީގެ ބޭފުޅުންނަނަށް އަމާޒުކޮށްގެން ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓް މިނިސްޓްރީއިން ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށް ނިންމައިފިއެވެ. އިސްރަށްވެހިންގެ ނާދީގެ މެނ...

18 Jan 2026 | 11:27
ދިވެހި ކެއެއުމެއް/ ފޮޓޯ: ކޮރަލް ގްލާސް

ދިވެހި ކެއެއުމެއް/ ފޮޓޯ: ކޮރަލް ގްލާސް

"ރަހަފަތް"ގެ ނަމުގައި 55 އަހަރުން މަތީގެ ބޭފުޅުންނަނަށް އަމާޒުކޮށްގެން ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓް މިނިސްޓްރީއިން ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށް ނިންމައިފިއެވެ.

އިސްރަށްވެހިންގެ ނާދީގެ މެންބަރުންގެ ތެރެއިން 55 އަހަރުން މަތީގެ ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ 'ރަހަފަތް' މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައި ވާކަމަށް މިނިސްޓްރީއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވަނީ މި މައުރަޒުގެ ތެރެއިން އިހުޒަމާނުގެ ދިވެހި ކާބޯތަކެތީގެ ރަހަބަލާލަން ލިބޭނެކަމަށެވެ. އަދި ދިވެހި ކޮންމެ އުފެއްދުމެއްގެ ފަހަތުގައި ހާއްސަ ވާހަކައެއް ވާކަމަށާއި މި މައުރަޒުގެ ތެގެރެއިން އެ ވާހަކަތައްއަޑުއަހާލާ، އެތަކިެތި ތައްޔާރުކުރާތަން ބަލާލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މިނިސްޓްރީއިން ވަނީ ނާދީގެ ކޮންމެ ބައިވެރިއަކަށްވެސް މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށް ބުނެފައެވެ. އެހެންކަމުން ދިވެހިން ކުރީ ޒަމާނުއްސުރެއް ތައްޔާރުކުރަމުން އަންނަ ކާބޯތަކެއްޗަށް ޚާއްސަކުރެވިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ލިންކު\ މެދުވެރިކޮށް ނަން ނޯޓުކުރެވޭނޭކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން މައުލޫމާތު ސާފުކުރުމަށާއި ނަންނޯޓުކުރުމަށް 3027586 ނުވަތަ 3027587 އަށް ގުޅުމަށް މިނިސްޓްރީއިން ވަނީ އެދިފައެވެ.

"ރަހަފަތް"ގެ ނަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިސްރައްވެހީންގެ ކާބޯތަކެތީގެ މައުރަޒު ބޭއްވުމަަށް ހަމަޖެހިފައިވަނީ، އަންނަ ފެބުރުވަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް އިސްރަށްވެހީންގެ ނާދީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް