މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅުނު ކަމަށް ބެލެވޭ ދެމީހަކު ލާމު ގަމުން ހައްޔަރު

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ލ. ގަމުން ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ގަން ، ތުނޑި / ޖަވާހިރުވިލާ، ޙުސައިން ޢާމިރު (...

18 Jan 2026 | 08:50
ލާމު ގަމުން ހައްޔަރުކުރި ދެމީހުން - ފޮޓޯ: ޕޮލިސް

ލާމު ގަމުން ހައްޔަރުކުރި ދެމީހުން - ފޮޓޯ: ޕޮލިސް

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ލ. ގަމުން

ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައާ

ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ގަން ، ތުނޑި / ޖަވާހިރުވިލާ، ޙުސައިން ޢާމިރު

(47އ) އާއި ލ. ގަން، ތުނޑި / ރޯސް، އާމިނަތު ނިޢުމާ (43އ) އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ

މި މަހު 15 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުއްޓުވައި

ބަލައިފާސްކޮށްފައެވެ.

އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި

ބަލައިފާސްކުރިއިރު މަސްތވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު

ޕެކެޓު ފެނިފައިވާކަމަށާއި މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް

ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ޢާމިރު ފަސް ދުވަހަށް އަދި އާމިނަތު

ނިޢުމާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން

ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް