އިންޑިއާގައި ކޮންޓްރޯލުން ނެއްޓިފައިވާ ބޮޑު ބިޔަ އެތެއް – އަހަރު ފެށުނީއްސުރެ ރޭގަނޑު ގެތައް ސުންނާފަތިކޮށް މިހާތަނަށް 22 މަރު

މިއީ އަވަށްޓެރި އިންޑިއާގެ ޖަރްކަންދު ސްޓޭޓްގެ ޕަސްޗިމީ ސަރަހައްދުގެ އަވަށްތަކުގައި ހިނގަމުން އަންނަ ހާދިސާތަކެއްގެ ވާހަކައެވެ. މި ހާދިސާ ގުޅެނީ ކޮންޓްރޯލުން ނެއްޓިފައިވާ، އުސްމިނުގައި 10 ވަރަކަށް ފޫޓ...

18 Jan 2026 | 02:55
އެ އެތް ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކުރެވިފައިވާ ފޮޓޯއެއް - އަދި އެ އެތުގެ ރަސްމީ ފޮޓޯއެއް ފެންމަތިވެފައި ނުވޭ / އިމޭޖް ޖެނެރޭޝަން - ދުވަސް ލެބްސް

އެ އެތް ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކުރެވިފައިވާ ފޮޓޯއެއް - އަދި އެ އެތުގެ ރަސްމީ ފޮޓޯއެއް ފެންމަތިވެފައި ނުވޭ / އިމޭޖް ޖެނެރޭޝަން - ދުވަސް ލެބްސް

މިއީ އަވަށްޓެރި އިންޑިއާގެ ޖަރްކަންދު ސްޓޭޓްގެ

ޕަސްޗިމީ ސަރަހައްދުގެ އަވަށްތަކުގައި ހިނގަމުން އަންނަ ހާދިސާތަކެއްގެ

ވާހަކައެވެ.

މި ހާދިސާ ގުޅެނީ ކޮންޓްރޯލުން ނެއްޓިފައިވާ،

އުސްމިނުގައި 10 ވަރަކަށް ފޫޓު، ދިގުމިނުގައި 20 ވަރަކަށް ފޫޓު ހުރި އަދި

ބަރުދަނުގައި ފަސް ޓަނު ހުރި ބިޔަ ބޮޑު އެތަކާއެވެ.

އިންޑިއާ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕަސްޗިމީ

ސަރަހައްދުގެ އަވަށެއްގެ ގެތަކަކަށް ފުރަ މެންދަމު އެ އެތް އެންމެ ފުރަތަމަ ހަމަލަ

ދިނީ ޖަނަވަރީ އެއްވަނަ ދުވަހުގައެވެ.

އެއަށްފަހު އެ ހަމަލަތައް ހަމަ ކޮންމެ ރެއަކު

ތަކުރާރުވަމުންގޮސް ޖަނަވަރީ ހަޔަކަށް އެރި އިރު ފަސް މީހެއްގެ ފުރާނަ ދުއްވާލާފައިވެއެވެ.

ޖަނަވަރީ ނުވަޔަކަށް އެ އަދަދު 19 އަށް އަރާފައިވާއިރު މިހާރު އެ އަދަދު 22 އަށް

އަރާފައިވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ އެތް ފޮރެސްޓް އޮފިސަރުންގެ ކޮންޓްރޯލުގެ ދަށަށް

އަދިވެސް ގެންދެވިފައެއް ނުވެއެވެ. ހަމަ ކޮންމެ ރެއަކު ބޯ ޖަންގަލިތަކުން ނިކުމެ

ކުރާނެ ކަމެއް ކުރުމަށްފަހު އެ އެތް ފިލާ ކަމަށް ވެއެވެ. އަދި އެ އެތް ދުވާލެއް

ބާރުކަމުން އަދި އަތު ނުވަނީކަމަށާއި އާންމު ގޮތެއްގައި އެތް ކޮންޓްރޯލު ކުރުމަށް

ބޭނުންކުރާ އެއްވެސް އާލާތަކަށްވެސް މި އެތް ނުގުޑާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް