ބިދޭސީންނާ ގުޅޭ ދަންވަރު އޮޕަރޭޝަން މުޅި ރާއްޖޭގައި ކުރިއަށްދާނެ: ފުލުހުން

ރޭގަނޑު 12 އިން ހެނދުނު ހަޔަކާއި ހަމައަށް މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރާގޮތަށް ކުރިއަށްގެންދާ އޮޕަރޭޝަން މުޅި ރާއްޖޭގައި ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެފިއެވެ. މިކަން ހާމަކޮށް ފުލު...

17 Dec 2025 | 16:35
ފައިލް ފޮޓޯ: ދުވަސް

ފައިލް ފޮޓޯ: ދުވަސް

ރޭގަނޑު 12 އިން ހެނދުނު ހަޔަކާއި ހަމައަށް މަގުމަތީގައި

އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރާގޮތަށް ކުރިއަށްގެންދާ އޮޕަރޭޝަން މުޅި ރާއްޖޭގައި

ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

މިކަން ހާމަކޮށް ފުލުހުން މިރޭ ނެރުނު

ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ބައެއް

ފަރާތްތަކުން، ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގައި އާންމު މަސްލަހަތު

ގެއްލޭފަދަ ޢަމަލުތައް ހިންގުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް

އުޅޭކަން ފާހަގަކުރެވިފައިވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި

ފުލުހުން ހިންގަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޚާއްޞަ މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް

ހަމަޖެހިފައިވާކަމަށެވެ.

"ކޮންމެ ރެއަކު 00:00 އިން ހެނދުނު 06:00 އަށް،

މަގުމަތީގައި އުޅޭ ބިދޭސީން ބަލައިފާސްކުރުމގެ މަސައްކަތް ފުލުހުން

ކުރިއަށްގެންދާނެ، މާލެއާއި ހުޅުމާލޭގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ

ރަށެއްގައިވެސް ކުރިއަށް ގެންދެވޭނެ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި މަސައްކަތުގެ ދަށުން،

ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާކަމަށާއި އަދި ޚާއްޞަކޮށް މާލެއާއި ހުޅުމާލޭގެ

އާންމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާލަތު ބަލައި، އެ ފަރާތްތައް ރާއްޖޭގައި ދިރިއުޅެމުންދަނީ

ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެ ކަމަށެވެ.

މިގޮތަށް ބަލައިފާސްކުރުމުގެ ތެރެއިން ފާހަގަކުރެވޭ

ކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ގަވާއިދާ ޚިލާފަށް ދިރިއުޅޭ

ބިދޭސީންނާ މެދު ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު

އެޅުމަށްޓަކައި، އެފަދަ ފަރާތްތައް އިމިގްރޭޝަނާ ހަވާލުކުރުމަށް

ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް