ކުދިން ކުޅެން ގެންގުޅޭ ބުދު ހުއްދަ - ފުރާނަހުރި ތަކެތި ސިފަވާ މޮނިއުމަންޓް ޙަރާމް: ފަތުވާ މަޖިލިސް

ފުރާނަހުރި ތަކެތި ސިފަވާ މޮނިއުމަންޓް ޙަރާމްކަމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ. އެ މަޖިލީހުން އެކަން ނިންމާފައިވަނީ އާންމު ފަރާތަކުން "މޮނިއުމެންޓްގެ ގޮތުގައި ދިރޭ ދަކެތީ...

17 Dec 2025 | 07:18
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން -

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން -

ފުރާނަހުރި ތަކެތި ސިފަވާ މޮނިއުމަންޓް ޙަރާމްކަމުގައި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.

އެ މަޖިލީހުން އެކަން ނިންމާފައިވަނީ އާންމު ފަރާތަކުން

"މޮނިއުމެންޓްގެ ގޮތުގައި ދިރޭ ދަކެތީގެ ސޫރަ ބެހެއްޓުމުގެ ޙުކުމް ސާފުކޮށްދިނުމަށް"

އެދި އެ މަޖިލީހަށް ހުށަހެޅި ސުވާލަކާ ގުޅިގެންނެވެ.

ފަތުވާ މަޖިލީހުން ބުނެފައިވަނީ މިކަމުގެ

މުހިންމުކަން ދޭހަވަނީ ނަބިއްޔާ މުޙައްމަދު ﷺ  މައްކާ ފަތަޙަކުރެއްވި ދުވަހު މަނާތު، ޢުއްޒާ އަދި ލާތު ފަދަ ބުދުތައް

ނައްތާލެއްވުމަށް ޞަޙާބީން ފޮނުއްވި ކަމުންނާއި އަދި އެކަލޭގެފާނުގެ އަވަހާރަވުމަށްފަހުގައިވެސް

ޞަޙާބީން މިކަމަށް ޚާއްޞަ އަހައްމިއްޔަތުތަކެއް ދެއްވާފައިވާކަމުން ކަމަށެވެ.

"ބުދުތަކަށް އަޅުކަންކުރުން ފެށިގެން

އައިސްފައިވަނީ ޞާލިޙު އަޅުތަކުންގެ ހަނދާނުގައި ހަދާފައިވާ ތަކެތި، ޢިލްމު ގެއްލި

މީސްތަކުން މަގުފުރެދުމުގެ ސަބަބުން، މިކަމުގެ ނުރައްކާތެރިކަން ވަޒަންކުރެއްވި

އިބްރާހީމުގެފާނު، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ބުދަށް

އަޅުކަންކުރުމުން ދުރުކޮށްދެއްވުމަށް ދުޢާކުރެއްވި" ފަތުވާގައި

ފާހަގަކޮށްފައިވެއެވެ.

ޙަދީޡްފުޅުތަކުގައި ބަޔާންވެގެންވާ ގޮތުގައި

ޤިޔާމަތާ ކައިރިވުމުން ބައެއް މީހުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެ ކަމާއި

އެހެންކަމުން، ޝިރުކަށް މަގުފަހިވެދާނެ އެއްވެސް ޢަމަލެއް ކުރުމަކީ ހުއްދަކަމެއް

ނޫންކަން ފާހަގަކުރަމުން ބުނެފައިވަނީ ޢިލްމުވެރިންގެ އިޖުމާޢުން ބުދު ހެދުމާއި

ބެހެއްޓުން ޙަރާމްވެގެންވެއެވެ. މިކަން މަނާކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި

މަލާއިކަތުންގެ ބަރަކާތުން މަޙްރޫމްވުމާއި ޝިރުކަށް މަގުފަހިވުމާއި، އަދި ﷲގެ

ޙަލްޤުކުރެއްވުމާ އެއްފަދަކުރުން ހިމެނޭ ކަމަށެވެ.

އިތުރަށް ބުނެފައިވަނީ ކުޑަކުދިން ކުޅެން

ބޭނުންކުރާ ބުދުތަކަކީ މި ޙުކުމުން އިސްތިސްނާވާ ތަކެތި ކަމުގައި ބެލެވޭކަމަށާއި ޢިލްމުވެރިންގެ

ދެކިވަޑައިގަތުމުގައި، މިއީ އަންހެންކުދިން ހަގު އުމުރުން ފެށިގެން ގޭތެރޭގެ

ކަންކަމަށާއި ދަރިން ބެލެހެއްޓުމަށް ތަމްރީނުކުރުމުގެ ގޮތުން ހުއްދަވެގެންވާ ކަމެއް

ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް