ހުޅުމާލޭ ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނީ ރަޒީން

ހުޅުމާލޭ ފޭސް 1 ގެ ގެސްޓްހައުސްއެއްގެ ތިން ވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ނިޔާވެފައި ވަނީ މާލެ / ސްޓަރ، މުޙަ...

17 Jul 2026 | 09:32
N/A

N/A

ހުޅުމާލޭ ފޭސް 1 ގެ ގެސްޓްހައުސްއެއްގެ ތިން ވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ނިޔާވެފައި ވަނީ މާލެ / ސްޓަރ، މުޙައްމަދު ރަޒީން (50އ) އެވެ.

އެ މީހާ ހަބަރު ހުސްވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާއިރު، ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މަރްޙޫމްގެ ފުރާނައަށް މާތް ﷲ ރަޙްމަތް ލައްވާށިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް