އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެފައި ބެހެއްޓި މައްސަލައެއް - ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށް

އަޕަރ ނޯތު ޕޮލިސް ސަރަހައްދުގައި ހިމެނޭ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލ...

17 Apr 2026 | 13:55
ސޯޝަލް މީޑިއާގައި އެ މަންޒަރު ފެންނަ ފޮޓޯ/ވީޑިއޯ ދައުރުވަމުން އަންނައިރު އެ ކުއްޖާ ބަނދެފައި ހުރީ ފަޅޯ ގަހެއްގައި ދެ އަތް ފުރަގަހަށް ވާގޮތަށް ކަން ދޭހަވޭ -

ސޯޝަލް މީޑިއާގައި އެ މަންޒަރު ފެންނަ ފޮޓޯ/ވީޑިއޯ ދައުރުވަމުން އަންނައިރު އެ ކުއްޖާ ބަނދެފައި ހުރީ ފަޅޯ ގަހެއްގައި ދެ އަތް ފުރަގަހަށް ވާގޮތަށް ކަން ދޭހަވޭ -

އަޕަރ ނޯތު ޕޮލިސް ސަރަހައްދުގައި ހިމެނޭ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މި ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު ފަހު 13:10 ހާއިރުއެވެ. އެ ކުއްޖާއަކީ އުމުރުން އަށް އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި، ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަމަލެއް ހިންގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރި މީހަކު ބުނެފައިވާ ގޮތުގައި، ހުކުރު ވަގުތު އެ ކުއްޖާ ދެ އަތް ފުރަގަހަށް ލާފައި ގަހެއްގައި އައްސާފައި ހުރި ތަން ފެނިގެން އެ ކަން ހިއްސާކުރީއެވެ. އެ މީހާ ވަނީ އެ ކުއްޖާއަށް ހިމާޔަތް ލިބުމަށް އެދިފައެވެ.

މި މައްސަލައާ ގުޅިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް