N/A
ހުޅުމާލޭ ގެއެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ގޭގެ ކޮޓަރިއެއް އެއްކޮށް އަނދައިގެން ގޮސްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ބުނީ، ހުޅުމާލެ ލޮޓް-11395 ގައި ހިނގި މި ހާދިސާގައި ގޭގެ އެއް ކޮޓަރި އެއްކޮށް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އަދި ގޭގެ ދެން ހުރި ކޮޓަރިއާއި ސިޓިން ރޫމަށް ވެސް ކަޅު ދުމާއި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އެ ގޭގައި ދިރިއުޅެމުން ދިޔަ ހަތް މީހުންނަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމާއި އަންނައުނު ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް