ދިގުރަށު އަލިފާނުގެ ޙާދިސާއާ ގުޅިގެން ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތަޢުޒިޔާ ފޮނުއްވައިފި

އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ޙާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ތަޢުޒިޔާގެ މ...

17 Mar 2026 | 00:46
އަލިފާނުގެ އެ ހާދިސާގައި ނިޔާވި މީހުންގެ ހަށިތައް މާލެ ގެނައުމުގެ ދަތުރުގެ ތެރެއިން - ފޮޓޯ: އެމްބަސީ

އަލިފާނުގެ އެ ހާދިސާގައި ނިޔާވި މީހުންގެ ހަށިތައް މާލެ ގެނައުމުގެ ދަތުރުގެ ތެރެއިން - ފޮޓޯ: އެމްބަސީ

އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ޙާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި 13 މާރިޗުގައި ހިނގި މި ޙާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު ނިޔާވީ އިރު، އިތުރު ދެ ރައްޔިތަކަށް ވަނީ އަނިޔާ ލިބިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި މި ނުރައްކާތެރި ޙާދިސާއާ ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، ބޮޑުވަޒީރަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަކޮށް ނިޔާވި މީހުންގެ ޢާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހަމްދަރުދީ ފާޅުކުރައްވައި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. އަދި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.

ރައީސް އޮފީހުން ބުނީ ދިވެހި މުޖުތަމަޢުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ދައުރެއް ކަމަށާއި، މި ޙާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ. މީގެ އިތުރުން މި ޙާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށާއި، މިފަދަ ޙާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް