ޖަލު ހުކުމެއްގައި ހުރި ބައްސާމް ގޭ ބަންދަށް ބަދަލުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ޚިޔާނާތްތެރިވެ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަ...

16 Mar 2026 | 23:17
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް -

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް -

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ޚިޔާނާތްތެރިވެ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޭ ބަންދަށް އިއްޔެ ބަދަލުކޮށްފިއެވެ.

ދުވަހަށް އެނގިފައިވާ ގޮތުގައި ބައްސާމް ގޭ ބަންދަށް ބަދަލުކުރީ ނޭފަތުގެ ސާޖަރީއެއް ކޮށްފައިވާތީ، ހިރަފުހާ ދުރުގައި ވަކި މުއްދަތަކަށް ހުންނަން ޑޮކްޓަރު ލިޔުމުން ލަފާދީފައިވާތީއެވެ. ނަމަވެސް އެ ބަދަލު ގެނައީ ކިހާ މުއްދަތަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓުން 32 އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އާއި އިތުރު 10،000 ޑޮލަރު (154،000ރ.) އަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރުމުގެ ހަތަރު ދައުވާއެއް ސާބިތުވެގެންނެވެ. ފުރަތަމަ ދައުވާގައި ޖަލަށްލާން ހުކުމްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެ ހުކުމްތައް މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ބައްސާމް އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓެއް ފުލުހުން ވަނީ ހިފަހައްޓައިފައެވެ. އަދި އެ މައްސަލައިގައި އަމީން ކޮންސްޓްރަކްޝަން ކުންފުންޏާއި އިތުރު ބައެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި ނަމަވެސް، އަމީން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް