ޓިކްޓޮކްގައި މުރުތައްދުވި ދިވެއްސަކާމެދު ފިޔަވަޅު އަޅަން އަންގައިފި

ޓިކްޓޮކްގައި އިސްލާމް ދީނާ ޚިލާފު ވީޑިއޯތަކެއް އާންމުކުރި ދިވެއްސަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަމާ ބެހޭ އިދާރާތަކުގައި ރަސްމީކޮށް އެދިފައިވާ ކަމަށް އެ ވުޒާރ...

17 Feb 2026 | 05:12
N/A

N/A

ޓިކްޓޮކްގައި އިސްލާމް ދީނާ ޚިލާފު ވީޑިއޯތަކެއް އާންމުކުރި ދިވެއްސަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަމާ ބެހޭ އިދާރާތަކުގައި ރަސްމީކޮށް އެދިފައިވާ ކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މިއަދު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، "ތިމަންނާއަށް ވަހީ އަންނަ ކަމަށް ބުނެ، އިސްލާމީ ޢަޤީދާއަށާއި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތަށް ވާހަކަދައްކާފައިވާ މީހާގެ ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި މި މަހުގެ 15 ވަނަ ދުވަހު މިނިސްޓްރީން ރަސްމީކޮށް އެދިފައިވާނެ" ކަމަށެވެ.

"ދުވަސް"އަށް އެނގިފައިވާ ގޮތުގައި އެ މީހާ ނިސްބަތްވަނީ ނ. އަތޮޅު ރަށަކަށެވެ. އަދި އެ ވީޑިއޯތައް ހަދައި ޓިކްޓޮކަށް ދޫކުރަމުން ގެންދިޔައީ ރާއްޖެއިން ބޭރުގައި ހުރެގެން ކަމަށް ވެސް އެނގިފައިވެއެވެ. މިހާރު އެ މީހާ ވަނީ އެ ވީޑިއޯތައް ޓިކްޓޮކުން ރިމޫވްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް