ބްރައިޓް މައިންޑްސްގެ ވެރިޔާ އަފްލަޙަށް ތުހުމަތު ކުރަނީ ދަރިވަރަކަށް 14 އަހަރުން ފެށިގެން 16 އަހަރާ ހަމައަށް ޖިންސީ ގޯނާކުރި ކަމަށް

ސްކޫލު ކުދިންނަށް އޮންލައިންކޮށް ޓިއުޝަންގެ ޚިދުމަތް ދޭ "ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ އަދި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި ޢަލީ އަފްލަޙު (27އ)، ދަރިވަރަކަށް ގިނަ ...

17 Feb 2026 | 04:43
ޢަލީ އަފްލަޙު (27އ) -

ޢަލީ އަފްލަޙު (27އ) -

ސްކޫލު ކުދިންނަށް އޮންލައިންކޮށް ޓިއުޝަންގެ ޚިދުމަތް ދޭ "ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ އަދި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި ޢަލީ އަފްލަޙު (27އ)، ދަރިވަރަކަށް ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާކޮށް ގްރޫމްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، އޭނާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަފްލަޙުގެ މައްޗަށް ތުހުމަތުކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ މިހާރު ވަނީ ފުލުހުންނަށް ބަޔާން ދީފައެވެ.

އަފްލަޙު ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، އިންޑިއާގެ މުމްބާއީން ފްލައިޓެއްގައި އެނބުރި ރާއްޖެ އައުމުން އެއާޕޯޓުންނެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަފްލަޙުގެ ބޭބެ އާއި ބޭބެގެ އަންބިމީހާގެ ނަމަށް ބަދަލުކޮށްފައިވާ ކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް