އައްޑޫ ހަންކެޑެ ތަރައްޤީކުރަން ހާއްސަ ކުންފުންޏެއް ރައީސް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްޤީކުރުމަށް ޚާއްޞަކޮށްގެން "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ. މި ކުންފުނި އުފެއްދެވީ...

16 Jul 2026 | 14:33
އައްޑޫ ހަންކެނޑެ ސަރަހައްދު --

އައްޑޫ ހަންކެނޑެ ސަރަހައްދު --

އައްޑޫ ހަންކެޑެ ތަރައްޤީކުރުމަށް ޚާއްޞަކޮށްގެން "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.

މި ކުންފުނި އުފެއްދެވީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ. މި ކުންފުނި އުފެއްދެވިކަން މިހާރު ވަނީ ގެޒެޓު ކޮށްފައި އެވެ.

މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ އައްޑު އަތޮޅު ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލެއްގެ ދަށުން ތަރައްޤީކުރުމެވެ. މީގެ އިތުރުން އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރުމާއެކު މި ސިނާޢަތުން ލިބޭ މަންފާ މުޅި އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީވެސް ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

މި މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަކީވެސް މި ކުންފުނި އުފެއްދެވުމުގެ މަޤްޞަދުތަކުގެ ތެރެއިން ކަމެއް ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް