މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި މިރޭ — ސާޖަންޓް ފަސްޓް ކުލާސް އަށް ޕްރޮމޯޓް ކޮށްފި

ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި ފީނަމުން ދަނިކޮށް މިއަދު ކުއްލި ގޮތަކަށް ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ (43އ) އަށް މަޤާމުގެ ކުރިއެ...

16 May 2026 | 15:07
N/A

N/A

ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި ފީނަމުން ދަނިކޮށް މިއަދު ކުއްލި ގޮތަކަށް ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ (43އ) އަށް މަޤާމުގެ ކުރިއެރުން ދެއްވައި ސާޖަންޓް ފަސްޓް ކުލާސް އަށް ޕްރޮމޯޓް ކުރައްވައިފައި ވާ ކަމަށާއި، މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި މިރޭ ބާއްވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މައްޔިތާގެ މޫނު ދެއްކުން މިރޭ 19:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެ ކަމަށެވެ. ކަށު ނަމާދު ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައެވެ. ކަށު ނަމާދަށް ފަހު ފަސްދާނު ލުމަށް ހަމަޖެހިފައި ވަނީ މައްޗަންގޮޅީ އާ ސަހަރާގައެވެ.
ވީހާ ގިނަ ފަރާތްތަކުން ޖަނާޒާގައި ބައިވެރިވެ ދެއްވުމަކީ އެމްއެންޑީއެފްގެ ވަރަށް ބޮޑު އެދުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޑިއުޓީގައި މަޤާމުގެ ވާޖިބު އަދާ ކުރަމުން ދަނިކޮށް ނިޔާވި "އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު" އަށް ޝަހީދެއްގެ ދަރަޖަ ދެއްވުން އެދި ދުޢާ ކުރައްވައި، ޢާއިލާ އަށާއި އެމްއެންޑީއެފް އަށް ތަޢުޒިޔާ ދަންނަވައިފައެވެ.

މާތް ﷲ މަރުޙޫމް ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާ އަށް ކެތްތެރިކަން ދެއްވާށިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް