ސްޓާފް ސާޖަންޓް މަހުދީގެ ކަށު ނަމާދު މިރޭ އިސްލާމީ މަރުކަޒުގައި

ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ފީނަމުން ދަނިކޮށް މިއަދު ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ (43އ) ގެ ކަށު ނަމާދު ...

16 May 2026 | 14:18
N/A

N/A

ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ފީނަމުން ދަނިކޮށް މިއަދު ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ (43އ) ގެ ކަށު ނަމާދު މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މަހުދީގެ ހާލު ދެރަވީ، ހޮހޮޅައިގެ ތިން ޗެމްބަރުގެ ތެރެއިން ތިން ވަނަ ޗެމްބަރު ބެލުމަށް މިއަދު ހިންގި ޑައިވް ތެރޭގައެވެ. ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ފުރާނަ ސަލާމަތެއް ނުކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މަހުދީ ނިޔާވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް ވިދާޅުވެ، ޑިއުޓީގައި މަޤާމުގެ ވާޖިބު އަދާ ކުރަމުން ދަނިކޮށް ނިޔާވި "އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު" އަށް ޝަހީދެއްގެ ދަރަޖަ ދެއްވުން އެދި ދުޢާ ކުރައްވައިފައެވެ.

ބުރާސްފަތި ދުވަހު ފަސް އިޓަލީ ފަތުރުވެރިން ގާތްގަނޑަކަށް 50 މީޓަރު ފުނުގައި ހުންނަ ހޮހޮޅައެއްގެ ތެރެއަށް ފީނައިގެން ގޮސް އެނބުރި ނައެވެ. މިހާތަނަށް ފެނިފައި ވަނީ އެކެއްގެ ހަށިގަނޑެވެ. ބާކީ ހަތަރު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން މިއަދު އަލުން ފެށި ނަމަވެސް، ޑައިވަރުގެ ހާލު ދެރަވުމާ ގުޅިގެން ހުއްޓައިލީ އެކަކު ވެސް ނުފެނިއެވެ.

މާތް ﷲ މަރުޙޫމް ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާ އަށް ކެތްތެރިކަން ދެއްވާށިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް