މިސްކިތަށް ގެއްލުން ދިން ކަމަށް ބެލެވޭ މައްސަލައެއްގައި އަނެއްކާވެސް ނައުޝާދު ހައްޔަރު - ޝަރީއަތުގެ މަޖިލީހުގައި ބުނީ އެކަމާ ދެރަވެސް ނުވާކަމަށް

މިސްކިތަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި 32 އަހަރުގެ ނައުޝާދު މޫސާ، ގ. މާލެހިޔާ 2، އަނެއްކާވެސް ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. މުދަލަށް ގެއްލުން ދި...

16 Apr 2026 | 18:37
N/A

N/A

މިސްކިތަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި 32 އަހަރުގެ ނައުޝާދު މޫސާ، ގ. މާލެހިޔާ 2، އަނެއްކާވެސް ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ނައުޝާދު ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 11:02 ގައެވެ. ބަންދު އަމުރުގެ ދަށުން އޭނާ މޭ 1 ވަނަ ދުވަހާ ހަމައަށް ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަށް ޤާޟީ އަޙްމަދު ޝާފިޢު އަމުރުކުރައްވާފައިވެއެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި، ނައުޝާދު ވަނީ ތުހުމަތުކުރެވޭ ކުށް ކޮށްފައިވާކަމަށް ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައެވެ. އަދި މިސްކިތަށް އަރައި މި އަމަލު މީގެ ކުރިންވެސް ކޮށްފައިވާނެކަމަށާއި، އެ ކަމާ ދެރަވެސް ނުވާކަމަށް ވެސް އޭނާ ޝަރީޢަތުގައި ބުނެފައިވެއެވެ.

ނައުޝާދު ހައްޔަރުކޮށްފައިވަނީ އިޖުރާއާތާ އެއްގޮތަށް ކަމަށާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އެ އަމުރުގައިވެއެވެ.

ނައުޝާދަކީ މީގެ ކުރިންވެސް ތަކުރާރުކޮށް ޖިނާއީ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު، މާލޭ ފުރުޤާން މިސްކިތަށް ގެއްލުން ދިން މައްސަލައިގައި އޭނާ 15 ދުވަހަށް ބަންދުކުރިއެވެ. އެ ފަހަރު އޭނާ ވަނީ އެ މިސްކިތުގައި ހުރި ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެޑެޕްޓަރުތައް ހަލާކުކޮށް، ވުޟޫ ކުރާ ބައިގެ އިސްކުރުތައް ބިންދާލައިފައެވެ.

އޭގެ ފަހުން، މި އަހަރުގެ މާރިޗު މަހުގެ ދެ ވަނަ ދުވަހު ރޯދަ މަހު ދުވާލު ގަޑީގައި އާންމު ތަނެއްގައި ކެއި މައްސަލައިގައި ވެސް އޭނާ 15 ދުވަހަށް ބަންދުކޮށްފައިވެއެވެ.

ފުރުޤާން މިސްކިތުގެ އެ ހާދިސާއާ ގުޅިގެން ޝައިޚް އާދަމް ނިޝާން ޢަލީ ޢާދަމް އޭރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ތުހުމަތުކޮށްފައިވަނީ، މިސްކިތުގައި ނަމާދު ގަޑިތަކުގައި ވެސް ނިދާފައި އޮންނަ ޒުވާނަކު މީގެ ކުރިންވެސް އެތައް ފަހަރަކު މިފަދަ ކަންކަން ކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް