އިންޑިއާގައި ކުޑަކުދިން ހައްލާލައި 100 އަށްވުރެ ގިނަ ވީޑިއޯކޮށް އެ ކުދިން ބްލެކްމެއިލް ކުރަމުންދިޔަ ޒުވާނަކު ހައްޔަރު

އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓުގެ އަމްރާވަތީ ޑިސްޓްރިކްޓުގައި ކުޑަކުދިންނާއި އަންހެނުން ލޯބީގެ ގުޅުމަށް ހައްލާލައި، ޖިންސީ ގޯނާކޮށް، އެ މަންޒަރު ވީޑިއޯކޮށް ބްލެކްމެއިލް ކުރަމުންދިޔަ 19 އަހަރުގެ ޒުވާނަކ...

16 Apr 2026 | 03:47
N/A

N/A

އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓުގެ އަމްރާވަތީ ޑިސްޓްރިކްޓުގައި ކުޑަކުދިންނާއި އަންހެނުން ލޯބީގެ ގުޅުމަށް ހައްލާލައި، ޖިންސީ ގޯނާކޮށް، އެ މަންޒަރު ވީޑިއޯކޮށް ބްލެކްމެއިލް ކުރަމުންދިޔަ 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ޕަރަތުވާޑާ ޓައުނަށް ނިސްބަތްވާ އަޔާން އަހުމަދު ނަމަކަށް ކިޔާ ޒުވާނެކެވެ. މަސްދަރުތައް ބުނާ ގޮތުގައި އޭނާ ޝިކާރައަކަށްވީ ފަރާތްތައް ކުއްޔަށް ހިފި ކޮޓަރިއަކަށް ގެންގޮސް ޖިންސީ ގޯނާކޮށް، މަދުވެގެން 100 ވީޑިއޯ ރެކޯޑުކޮށް ދައުރުކޮށްފައިވެއެވެ. ފުލުހުން މިހާތަނަށ އަށް މީހަކު ޝިކާރައަކަށްވީ ކަމަށް ފާހަގަކޮށްފައިވާ އިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

މި މައްސަލަ ތަޙުޤީޤު ކުރުމަށް 47 މެންބަރުންގެ ޚާއްޞަ ތަޙުޤީޤު ޓީމެއް (އެސް.އައި.ޓީ) އެކުލަވާލައި، ވީޑިއޯތައް ދައުރުކުރި އިތުރު ތިން ޒުވާނުން ހައްޔަރުކޮށްފައިވެއެވެ. ހަތަރު މީހުންގެ ބަންދު އެޕްރީލް 21 އާ ހަމައަށް ދެމެހެއްޓިފައިވާ އިރު، އިތުރު ދެ މީހަކު ހައްޔަރުކުރާނެ ކަމަށް ބެލެވެއެވެ. ސައިބާ ސެލް އިން ވަނީ އެ ވީޑިއޯތައް ދައުރުކުރި ޓެލެގްރާމް ޗެނަލްތައް ނައްތާލައިފައެވެ.

އަޔާން ހައްޔަރުކުރިތާ 24 ގަޑިއިރު ތެރޭ ފުލުހުންނާއި ސިވިކް އޮފިޝަލުން ވަނީ ޕަރަތުވާޑާގައި ހުންނަ އޭނާގެ ޢާއިލާގެ ގޭގެ ދަގަނޑު ސިޑިއާއި ކޮންކްރީޓް ބައި ބުލްޑޯޒަރުން ތަޅާލައިފައެވެ. ގެ ބިނާކުރި ހުއްދައިގެ ލިޔެކިޔުންތައް އެޕްރީލް 20 ގެ ކުރިން ހުށަހެޅުމަށް ގޭގެ ވެރިފަރާތަށް ވަނީ އަންގައިފައެވެ.

އަމްރާވަތީ އެސް.ޕީ ވިޝާލް އާނަންދު ވިދާޅުވީ ޝިކާރައަކަށްވީ ފަރާތްތަކުގެ ޢާއިލާތަކާ ގުޅައި ބަޔާން ދިނުމަށް އެދިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ގެއްލިފައިވާ ނުވަތަ އަމިއްލައަށް މަރުވި މީހެއް ހުރިތޯ ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް