ވައްކަން ކުރަން ގެއެއްގެ ގުދަނަށް ވަދެ ހުރި މީހަކު ހައްޔަރު — ބުނީ އެތަނަށް ވަނީ ކުޑަކަމު ދިއުމަށް ކަމަށް

ވައްކަން ކުރަން ގެއަކަށް ވަދެ އެ ގޭގައި ހުރި ގުދަނެއްގެ ތެރޭގައި ހުއްޓައި ފުލުހުން މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ. މ...

16 Mar 2026 | 11:34
މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ވައްކަން ކުރަން ގެއަކަށް ވަދެ އެ ގޭގައި ހުރި ގުދަނެއްގެ ތެރޭގައި ހުއްޓައި ފުލުހުން މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ، ކަށިކެޔޮމާގެ، ޖަޒްމީން މުޙައްމަދު (41އ) އެވެ. މީނާ މިހާރު ދިރިއުޅެނީ މ. އިރުވައިގެ، ކ. މާލޭގައެވެ.

ބަންދު އަމުރުގައިވާ ގޮތުން، ޖަޒްމީން ހައްޔަރުކޮށްފައިވަނީ ވައްކަން ކުރަން ވަދެ ހުރި ގޭގެ ގުދަނެއްގެ ތެރޭގައި ހުއްޓައެވެ. ނަމަވެސް ޖަޒްމީން ބުނެފައިވަނީ އެ ގުދަނަށް ވަނީ ކުޑަކަމު ދިއުމަށް ކަމަށެވެ. އަދި ގުދަނުގެ އެއްވެސް އެއްޗަކަށް ގެއްލުން ދީފައި ނުވާ ކަމަށް ވެސް ބަންދު އަމުރުގައިވެއެވެ.

ޖަޒްމީނަކީ ވައްކަން ކުރުމުގެ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ބަންދު އަމުރުން އެނގެއެވެ. ކޯޓުން މީނާ ބަންދުކޮށްފައިވަނީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ، މިއަދުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ކަސްޓޯޑިއަލް ޖަލުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް