އައިޓީއެފްސީ މުރާބަހާ ފެސިލިޓީ ޤާއިމުކުރީ 2022 ގައެއް ނޫން، އެއީ 2017 ގެ އެއްބަސްވުމެއް

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ގެ މުރާބަހާ ފެސިލިޓީ ޤާއިމުކުރީ 2022 ވަނަ އަހަރު ކަމަށް ދޭހަވާ ގޮތަށް އެކްސްގައި ޕޯސްޓެއް ދައުރުވަމުން އެބަދެއެވެ. ނަމަވެސް މިއީ ޙ...

16 Mar 2026 | 10:49
2017 ގެ ފޮޓޯ -

2017 ގެ ފޮޓޯ -

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ގެ މުރާބަހާ ފެސިލިޓީ ޤާއިމުކުރީ 2022 ވަނަ އަހަރު ކަމަށް ދޭހަވާ ގޮތަށް އެކްސްގައި ޕޯސްޓެއް ދައުރުވަމުން އެބަދެއެވެ. ނަމަވެސް މިއީ ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުރި މަޢުލޫމާތަށް ބަލާއިރު އެސްޓީއޯ އާއި އައިޓީއެފްސީއާ ދެމެދު 100 މިލިއަން ޑޮލަރުގެ މުރާބަހާ ފައިނޭންސިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 28 ޑިސެމްބަރު 2017 ގައެވެ. ސައުދީ ގެޒެޓުން 2017 ވަނަ އަހަރު ރިޕޯޓުކޮށްފައިވާ ގޮތުގައި ވެސް މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ އަހަރުގައެވެ. ފިނޭންސް ވުޒާރާއިން ބުނީ މި ފެސިލިޓީއަކީ 2017 ވަނަ އަހަރުގެ މެއި މަހު ބޭއްވުނު އައިޑީބީ ގްރޫޕުގެ 42 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އޭރުގެ ފިނޭންސް މިނިސްޓަރު އަދި މިހާރުގެ އެމްއެމްއޭ ގަވަރުނަރު އަޙުމަދު މުނައްވަރާއި އައިޑީބީ ގްރޫޕުގެ އިސް ބޭފުޅުންނާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއް ކަމަށެވެ.

އެކްސްގައި ދައުރުވި ޕޯސްޓުގައި ބުނެފައިވަނީ 2022 ވަނަ އަހަރު މި ފެސިލިޓީ 75 މިލިއަން ޑޮލަރުން 175 މިލިއަން ޑޮލަރަށް ބޮޑުކޮށް އައު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފިނޭންސް ވުޒާރާއިން ބުނާ ގޮތުގައި މިއީ އަލުން ރިނިއުކުރެވޭ ގޮތަށް 2017 ވަނަ އަހަރު ހޯދާފައިވާ ފެސިލިޓީއެކެވެ. 2022 ވަނަ އަހަރު ކޮށްފައިވަނީ އެ ފެސިލިޓީ ރިނިއު ކުރުމެވެ.

އައިޓީއެފްސީ އަކީ އައިޑީބީ ގްރޫޕުގެ މެންބަރު އިދާރާއެކެވެ. މި ފެސިލިޓީގެ ދަށުން އެސްޓީއޯ އިން ރާއްޖެއަށް އެތެރެކުރާ ތެލުގެ ބާވަތްތައް ހެޔޮ އަގުގައި، ހަރުދަނާ ނިޒާމެއްގެ ތެރެއިން އެތެރެކުރުމަށް މަގުފަހިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް