ގަވާއިދާ ޚިލާފަށް ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި

އިމިގްރޭޝަންގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކޮށް، ގަވާއިދާ ޚިލާފަށް ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. މި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ގަލޮޅު ޕޮ...

16 Feb 2026 | 11:35
N/A

N/A

އިމިގްރޭޝަންގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކޮށް، ގަވާއިދާ ޚިލާފަށް ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

މި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 34 އަހަރުގެ ޗައިއޮން އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވަރއާއި، ޑިސްޕޯސަބަލް 11 ސްޓިކް ފެނިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް