ފެނަކަ ސައީދު ވަގުތީ ގޮތުން ގޭ ބަންދަށް

ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ ޖަލަށްލާފައިވާ، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އަހުމަދު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފިއެވެ. ސައީދު ޖަލަށް ލާފައި ވަނީ 4 އަހަރު ދުވަ...

16 Feb 2026 | 11:02
މުހައްމަދު ސައީދު

މުހައްމަދު ސައީދު

ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ ޖަލަށްލާފައިވާ، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އަހުމަދު ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފިއެވެ.

ސައީދު ޖަލަށް ލާފައި ވަނީ 4 އަހަރު ދުވަހަށެވެ.

އޭނާ ޖަލަށްލާން ހުކުމްކުރީ މިދިޔަ ސެޕްޓެންބަރު މަހު އެވެ.

ސައީދު ގޭބަންދަށް ބަދަލުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އަދި އޭނާ ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތަށް ރިއާޔަތްކޮށްގެން ކަމަށް ކަރެކްޝަންސް އިން ހާމަކުރެއެވެ.

ސައީދު މިހާރު ތަންފީޒު ކުރަމުންދާ ހަތަރު އަހަރުގެ ޖަލު ހުކުމް ވަނީ ހައި ކޯޓުގައި އިސްތިއުނާފަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ސައީދު ޖަލަށް ލާފައި ވަނީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވީ އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ ކުންފުންޏަށް އެ މަސައްކަތުގެ ފައިސާ ދޫކޮށް ނާޖާއިޒު މަންފާ ހޯދައި ދީފައި ވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް