މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ހުޅުމާލޭގައި ޕިކަޕެއް މަރާމާތުކުރަން އުޅުނު މީހަކު އެ ޕިކަޕުގެ ދަށުވެ ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ
މަސައްކަތް ކުރުމަށް އެ މީހާ އޭގެ ދަށަށް ވަދެ އޮއްވައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ
ގޮތުގައި، ޕިކަޕު ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު
ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 11:05 ހާއިރުއެވެ.
މި ހާދިސާ ހިނގުމާއެކު އެ މީހާ ވަމީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި ހާދިސާގައި އަނިޔާވި މީހާ ހުޅުމާލޭ
ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން
ފުލުހުންނަށް ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާގައި
ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދިހެވި ފިރިހެނެކެވެ.
އާންމުކޮށް މިފަދަ މަރާމާތު ކުރުމުގެ
މަސައްކަތްތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކުން
އަބަދުވެސް އިރުޝާދު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް