ހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން އެ ދަނީ އެމީހެއްގެ ކެރެކްޓާގެ މައްޗަށް 3 އިޑިއަޓްސް ފިލްމު ހެދި ސޯނަމް ވަންޗުކް

"3 Idiots" ފިލްމުގައި ފުންސުކް ވަންގްޑޫގެ ކެރެކްޓަރ އަށް އިންސްޕަޔަރ ދިން، އިންޖިނިއަރ އަދި އެކްޓިވިސްޓް ސޯނަމް ވަންޗުކް، އިންޑިޔާގެ ތައުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން އިސްތިއުފާ ދިނުމަށް ގޮވާލައި ...

15 Jul 2026 | 14:36
N/A

N/A

"3 Idiots" ފިލްމުގައި ފުންސުކް ވަންގްޑޫގެ ކެރެކްޓަރ އަށް އިންސްޕަޔަރ ދިން، އިންޖިނިއަރ އަދި އެކްޓިވިސްޓް ސޯނަމް ވަންޗުކް، އިންޑިޔާގެ ތައުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން އިސްތިއުފާ ދިނުމަށް ގޮވާލައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތާ 18 ދުވަސް ވެއްޖެއެވެ.

ނިއު ދިއްލީގެ ޖަންތަރު މަންތަރުގައި ޖޫން 28 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ހަޅުތާލަކީ، NEET 2026 އިމްތިހާނުގެ ކަރުދާސް ލީކުވުމުގެ މައްސަލައާ ގުޅިގެން "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ފައުންޑަރ އަބިޖިތު ދިޕްކޭއަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެށި ހަޅުތާލެކެވެ. މި މައްސަލައާ ގުޅިގެން ބައެއް ދަރިވަރުން ފުރާނަ ދޫކޮށްލި ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ދިހަ ދުވަހަށްވުރެ ގިނަ ދުވަހު ބަނޑުހައި ހޫނުކަމުގައި ހުރުމުން ސޯނަމް ވަންޗުކްގެ ސިއްޙީ ހާލަތު ދަށަށްގޮސް 8.5 ކިލޯ ބަރުދަން ދަށްވެފައިވާ ކަމަށާއި، ބްލަޑް ޕްރެޝަރު 109/70 އަށް ދަށަށް ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ދިއްލީ ހައިކޯޓަށް ވެސް ޕެޓިޝަނެއް ހުށަހަޅައި، އޭނާ ހޮސްޕިޓަލަށް ގެންގޮސް ބާރުން ކާން ދިނުމަށް ވަނީ ގޮވާލައިފައެވެ.

އިދިކޮޅު ލީޑަރުން ކަމަށްވާ އަޚިލޭޝް ޔާދަވް، ޝަޝީ ތަރޫރު އަދި އަރވިންދު ކެޖްރީވާލް ފަދަ ފަރާތްތަކުން ސޯނަމް ވަންޗުކްއަށް ހަޅުތާލު ހުއްޓާލުމަށް ގޮވާލި ނަމަވެސް، ސީޖޭޕީން ވަނީ އޭނާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ބޮޑު ހަޅުތާލެއް ބޭއްވުމަށް ވެސް ގޮވާލައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް