ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މިއަހަރު 66 ބޭފުޅަކަށް

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ. މި އިނާމަކީ ދިވެހި ދައުލަތަށ...

15 Jul 2026 | 08:07
މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.

މި އިނާމަކީ ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ  ބޭފުޅުންނަށް އަރުވާ އިނާމެކެވެ. މިއަހަރު އިނާމު އަރުވާ ބޭފުޅުންގެ ތެރޭގައި މިހާތަނަށް މި އިނާމު އަރުވައިފައިނުވާ ބޭފުޅުންނަށް އިނާމު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ އެ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ހިމަނާފައިވެ އެވެ.

އެ ބޭފުޅުންގެ މައުލޫމަތުތައް ކޮމިޓީން ހޯދީ ރައީސް އޮފީހުގެ ރެކޯޓުތަކުން ކަމަށް ބުނެފައިވެ އެވެ. އިނާމު ދޭނެ ބޭފުޅުން ކަނޑައެޅީ ކޮމިޓީން އެ މަޢުލޫމާތު ދިރާސާކޮށް ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު ޝަރުޠު ފުރިހަމަވުމުންނެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދޭން ފެށިފަހުން ވަކި މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ނަންފުޅުތައް ކޮންމެ އަހަރަކުވެސް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވަމުން ގެންދަވައެވެ. މިފަހަރު ފޮނުވާފައިވަނީ 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންނަށެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް މިއަހަރު ޢާންމުކޮށް ހުޅުވައިލުމުން މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފުރުޞަތު ހަމަވިއިރު 130 ފޯމު ހުށަހަޅައިފައިވެއެވެ.

މި ފޯމުތައް ބައްލަވައި ކުރިމަތިލި ފަރާތްތަކާ އިންޓަރވިޔުކުރެއްވުމަށްފަހު ޝަރުޠު ހަމަވާ ފަރާތްތަކަށް އިނާމު ދެއްވާނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

މިދިޔަ އަހަރު ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 94 ފަރާތަކަށް އެރުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް