ކަޅުތެޔޮ އެޅިފައިވާތީ ރަސްފަންނު ވަގުތީ ގޮތުން ބަންދު

ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާތީ އެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް މޫދަށް ނޭރުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސަރަހައްދު...

15 Jun 2026 | 05:34
އެ ސަރަހައްދުގައި މޭޔަރު އަދި ކައުންސިލަރުން ހަރަކާތްތެރިވެލައްވަނީ - ފޮޓޯ: މާލޭ ސިޓީ ކައުންސިލް

އެ ސަރަހައްދުގައި މޭޔަރު އަދި ކައުންސިލަރުން ހަރަކާތްތެރިވެލައްވަނީ - ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާތީ އެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް މޫދަށް ނޭރުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސަރަހައްދު ސާފުކޮށް ނިމެންދެން މޫދަށް ނޭރުމަށް އެދޭ ކަމަށެވެ. ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅުނު ސީދާ ސަބަބު އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ބޮޑަށް ބެލެވެނީ ކަނޑަށް އެޅިފައި ހުރި ތެޔޮތަކެއް އޮޔާ އެކު އެ ސަރަހައްދަށް އައީ ކަމަށެވެ. މީގެ ކުރިންވެސް އެ ސަރަހައްދުގެ މޫދުގައި ތެޔޮ ހުރެގެން ބަންދުކޮށް ސާފުކޮށްފައިވެއެވެ.

ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކޮށް އަލުން ހުޅުވީ މިދިޔަ ހުކުރު ދުވަހުއެވެ. އެ މަރާމާތުގެ މަޝްރޫޢު ކުރިއަށް ގެންދިޔައީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް