މާމުއި ހަނދަށް ރާއްޖެ އައި ފަތުރުވެރިއަކަށް މިޔަރެއްގެ ހަމަލައެއް އަމާޒުވެ އެއް ފައި ބުރިކޮށްލާން ޖެހިއްޖެ - ޢާއިލާއިން ބުނީ ބޯރްހާގެ ހާލު ސީރިއަސް ކަމަށް

ގއ. ކޫއްޑޫ ކައިރީ މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާ ދީ، ލިބުނު އަނިޔާތަކުގެ ސަބަބުން އެއް ފައި ބުރިކޮށްލާން ޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާ ހިނގައިފައި ވަނީ މި މަހުގ...

15 Apr 2026 | 18:25
މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ގއ. ކޫއްޑޫ ކައިރީ މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާ ދީ، ލިބުނު އަނިޔާތަކުގެ ސަބަބުން އެއް ފައި ބުރިކޮށްލާން ޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާ ހިނގައިފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ހަމަލާ އަމާޒުވީ ސްޕެއިންގެ އެލިކާންޓޭ އަށް ނިސްބަތްވާ ބޯރްހާ ނަމަކަށް ކިޔާ ފިރިހެނަކަށެވެ. ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޯރްހާ އަކީ ގައިނެކޮލޮޖިސްޓެކެވެ. އޭނާ ރާއްޖެ އައީ ކައިވެންޏަށް ފަހު އަނބިމީހާ އާނާ އާ އެކު މާމުއި ހަނދު ފާހަގަކުރާށެވެ.

ފުލުހުން ބުނި ގޮތުގައި ބޯރްހާގެ ދެ ފަޔަށް ބޮޑެތި ޒަޚަމްތައް ލިބިފައިވެއެވެ. އަނިޔާތަކުގެ ސަބަބުން އެއް ފައި ވަނީ ބުރިކޮށްލައިފައެވެ. ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ބޯރްހާ އަށް ހަމަލާ އަމާޒުވީ ކޫއްޑޫ މަސް ފެކްޓަރީ ކައިރިން މޫދަށް ފައިބައިގެން އުޅެނިކޮށް ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އެ ސަރަހައްދަކީ މިޔަރު ގިނަ ސަރަހައްދެއް ކަމަށާއި ހާދިސާ ހިނގި ދުވަސްވަރު ފެކްޓަރީން ގާތްގަނޑަކަށް ހަފުތާއެއް ވަންދެން މަސް ކުނި އުކާފައި ނުވާ ކަމަށް ލޯކަލް ސޯސްތަކާ ހަވާލާ ދީ އެ ނޫސްތަކުން ބުނެފައިވެއެވެ.

ބޯރްހާގެ ޢާއިލާ އާ ގާތް ފަރާތެއް ބޭރުގެ ނޫހަކަށް ބުނެފައި ވަނީ ޑޮކްޓަރުން ބޯރްހާ ސަލާމަތް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހާލު ވަރަށް ސީރިއަސް ކަމަށެވެ. ޢާއިލާ އިން ވަނީ އެކްސްކާޝަން އިންތިޒާމުކުރި ކުންފުންޏާ ދެކޮޅަށް އިހުމާލުގެ ޝަކުވާ ހުށަހަޅައިފައެވެ. އާނާގެ ޢާއިލާގެ މެމްބަރުން ވެސް މިހާރު ވަނީ ރާއްޖެ އައިސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް